ދިވެހިންގެ ފުދުންތެރިކަން އިތުރުވުމުން ލިބޭ ފައިދާތައް

ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ ކެރުންތެރި، ފަންނުވެރި ފަރުދުންތަކެއް ދިރިއުޅެމުން އަންނަ ހިތްގައިމު ޤައުމެެވެ. އަދި ރާއްޖޭގެ މި ކުދިކުދި ޖަޒޭރާ ރަށްތަކަކީ ޤުދުރަތީގޮތުން މުއްސަނދިވެ، ޖަރީމާވެފައިވާ ވެހިތަކެކެވެ. އަދިހަމަ އެހެންމެ، މި ވަޞީލަތްތަކުގެ އެހީގައި ދިވެހިންނަށް އެމީހުންގެ ފަނަނުވެރިކަމާއި އުފެއްދުންތެރިކަން ކުރިއެރުވެއެވެ. އެގޮތުން ކާމިޔާބީ އަކީ މަސައްކަތްތެރިންގެ ޙައްޤެކޭ ބުނާފަދައިން، ދިވެހިންގެ މަސަތްކަތަތެރިކަން ކުރިއަރުވާ އިތުރު ކޮށްފިނަމަ، މިޤައުމުގެ ފަަރުދުންގެ ދިރިއުޅުން އުޖާލާާވެ ކާމިޔާބުވެގެން ދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.އަދިހަމައެހެންމެ ކުރިއަށް އޮތް ޖީލުތަކުގެ މެދުގައިވެސް ދިވެހިންގެ މަސައްކަތްތައް މަޤުބޫލުވެގެން ދެއެވެ. އެހެންކަމުން،ދިވެހިންގެ ފުދުންްތެރިކަން އިތުރުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުވުމާއިއެކު، އެހެން ޤައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ދަށްވެގެން ދެއެވެ.

     ދިވެހިރާއްޖޭގެ ފުދުންތެރިކަން އިތުރުވެގެން ދިއުމަކީ ރާއްޖޭގެ މަޤުބޯލުކަން މުޅިދުނިޔެއަށް ފެތުރިގެން ދާނޭކަމެކެވެ. އެގޮތުން މިކަން އެންމެ ބޮޑަށް ފެނިގެންދާނީި ރިޒޯތުތަކުގައި ދެވޭޚިދުމަތްތައް ރަނގަޅު ވުމުންނެވެ. އެގޮތުން ރާއްޖޭގެ ރިޒޯތުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަހުޖަނުން އެކުލެވޭހެން ޒިޔާރަތްކުރާ ތަންތަނަށް ވުމާއިއެކު، ރިޒޯޓުތަކުގެ ރެސްޓޯރެންޓްތަކާއި،އެހެނިހެން ތަންތަނުގައި ދެވޭ ޚިދުމަތްތައް ރަނގަޅުވުމުގެ ސަބަބުން ފަތުރުވެރިންގެ ހިތް ދަމައިގަންނަން ފަސޭހަވެގެން ދެއެވެ. މީގެސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ދަނީ ދުވަހަކަށް ވުރެ ދުވަހަކަށް ކުރި އަރަމުންނެވެ. ވީމާ، ރާއްޖޭގެ އިޤގުތިޞާދު ދަަމަހަށްޓައި،ފުދުންތެރިކަން ދެމެހެށްޓުމަށްޓަކައި ފަތުރުވެރިކަން ކުރިއަރުވާ ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

        ދިވެހިންގެ ފުދުންތެރިކަން އިތުރުވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދީ ފެންވަރު ދުވަހަަކަށްވުރެ ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ އިތުރުން ލިޔެލާޖެހުމާއި،ހިރިގަލުގެ މަސައްކަތުގެ އިތުރުން ކުނާ ވިޔުންފަދަ އަތްތެރި މަސައްކަތްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤުބޫލު ވެފައިވާ މަސައްކަތް ތަކެކެވެ. އަދިހަމައެހެންމެ ދިވެހި މަސްވެރިކަމުން އުފައްދާ މަސްދަޅުފަަދަ ތަކެއްޗަކީ ނުހަނު ހަލުވިކަމާއއިއެކު ބޭރުޤައުމުތަކަށް ބޭރުކުރަމުންދާ އެއްޗެހިތަކެކެވެ. އަދިހަމައެހެންމެ ފުޅާދާއިރާއެއްގައި ދާދިވަރުކޮށް ދިވެހިންގެ ވިޔަފާރިތައްވެސް ދަނީ ފުޅާކުރަމުންނެވެ. މީގެސަބަބުން ދިވެހިންގެ ވިޔަފާރިތައް އިތުރުވެ، އުޖޫރައިގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާގެ މިންވަރު އިތުރުވެގެން ދެއެވެ.މީގެއިތިރުން އެހެނިހެން ޤައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ދަށްވެގެން ދެއެވެ. އަދިހަމައެހެންމެ، މީގެސަބަބުން ދިވެހިންނަށް ލިބޭ އާމްދަނީގެ ތަރަވެސް ދަނީ ދުވަހަކަށްވުރެ ދުވަހަކަށް އިތުރުވަމުންނެވެ. އެހެންކަމުން ޤައުމުގެ އިްޤްތިޞާދު ކުރިއަރުވާ ދެމެހެއްޓޭތޯ ބެލުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

      ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމުގެ ސަބަބުން ދިވެހި ޤައުމަށާއި ދިވެހި ފަރުދުންނަށް އެތައްގޮތަކުން ދަނީ މަންފާކުރަމުންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހަކަށްދަނީ އިތުރުވަމުންނެވެ. އަދިހަމައެހެންމެ ރާއްޖޭގެ އަތްތެރި މަސައްކަތްތެރިކަންވެސް ބޭރުގެ ޤައުމުތަކުގެ މެދުގައި ހަލުވި ކަމާއެކު ވާރުތަވާ ބައްޔެއްފަދައިން ދަނީ ވާރުތަ ވަމުންނެވެ. މީގެއިތުރުން މަސވެރިކަމުގެ ސިނާޢަތްފަދަ ސިނާޢަތްތައް ކުރިއަރައި، ރާއްޖެއިން ބޭރުކުރާ މުދަލުގެ އަދަދު ދަނީ އިތުރުރވަމުންނެވެ. މިއާއިއެކު ދިވެހި ދަޢުލަތަށާއި، އާމުންނަށް ލިބޭ އާމްދަނީގެ ތަރަހަވެސް ދަނީ ދުވަހަކަށް ވުރެ ދުަހަކަށް އިތުރުވަމުންނެވެ. ވީމާ، މިފުދުންތެރިކަން ދެމެހެއްޓުމަކީ ޤައުމުގެ އެންމެ އިސް މޭލުދަނޑި ކަމުގައި ބަލައިގެން،ކަންކަން ރާވާ ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top