ރިކޯޑު ބުރޭކާރ

      ވިދަވިދާހުރި ރުހި ދޯދިތައް އޮބި، އޮއްސުނު އިރާ އެކު ކަނު އަނދިރިކަން ދުނިޔެއަށް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަވަމުން ދަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުންދާ މަންޒަރެވެ. އެކި ދިމަދިމާގައި ހަރުކޮށްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަންރިހީގެ ތަށިތަކާއި މެޑަލްތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފަ އެވެ. އެ މަންޒަރަށް ގެއްލިފައި އަހަރެންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށިތައް ނުއަތަށް އެނބުރޭ ނަމަ ހާދަ ރަނގަޅޭ ހިތަށް އެރިއެވެ.

         އެއީ މީގެ ދިހަ އަހަރު ކުރިއެވެ. އަހަރެން އޭރު ތަޢުލީމު ޙާޞިލް ކުރަމުން ދިޔައީ އަހަރެންގެ އުފަން ރަށް ށ. މިލަންދޫގައި ގުރޭޑް 10 ގައެވެ. އަހަރެން ސުކޫލް ގައި ވެސް އަހަރެންނަކީ އެންމެ މޮޅު ދުވުންތެރިޔާ އެވެ. އޭރު މާލޭގައި އޮތް އެތުލެޓިކްސް މުބާރާތަކަށް ސުކޫލް ފަރާތުން ފުރުސަތު ލިބުނެވެ. ފުރަތަމަ އަހަރެންގެ އާއިލާއިން މިކަމަށް އެއްބަހެއް ނުވިއެވެ. އެއީ މާލެ ދެވޭނެ ވަރުގެ ތަނަވަސްކަމެއް އަހަރެންގެ އާއިލާއެއްގެ ނެތެވެ. ނަމަވެސް ފަހުން ކައުންސިލްގެ ފަރާތުން ހުރިހާ ކަމެއް ހަމަޖައްސައި ދިނެވެ. އެހެންކަމުން އަހަރެންވެސް އެއަހަރުގެ އެތުލެޓިކްސް މުބާރާތަށް ދާ ގޮތައް ހަމަޖެހުނެވެ.

        އަހަރެން ފުރަތަމަ ފަހަރު މާލޭ ދިޔައީ ވެސް އޭރުއެވެ. މުބާރާތް ފެށިގެން ކުރިއަށް ދަމުން އަހަރެން ދުވާ ދުވަސް ޖެހިއްޖެ އެވެ. އަހަރެން ހުންނަން ހަމަޖެހިފައިވާ ގެއިން ނިކުތީ މީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލު ކޮށްލާނެކަމުގެ ވިސްނުމެއް ވެސް ނެތެވެ. އަހަރެން ދުވާ ޓްރެކް އަށް އަރާ 800 މީޓަރުގެ ދުވުން ކާމިޔާބުކުރީ 2 މިނެޓް ތެރޭގައި ރާއްޖޭގެ 800 މީޓަރުގެ ދުވުމުގެ އެތައް ރެކޯޑް ތަކެއް ބިންދާލާ ފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުން އެތަކެއް މަރުހަބާއެއް ކިޔެވެ. ރަށަށް އެނބުރި އައަ ދުވަހު ރަށުން ކީ މަރުހަބާ އަކީ ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ދުވަހެކެވެ.

          އޭގެ ދެތިން ހަފްތާ ފަހުން ރާއްޖޭގެ ސްޕޯޓްސް އާ ގުޅޭ ކޮމިޓީ އަކުން އަހަރެންގެ ބައްޕައަށް ފޯނެއް އައެވެ. ދިވެހިރާއްޖޭގެ ފަރާތުން އޮލިމްޕިކްސް އަށް ދާން އަހަރެންނަށް ފުރުޞަތު ލިބުނު ވާހަކައެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އުފަލުން ގޮހެވެ. އަހަރެންގެ ކިޔެވުމުގެ ކަންކަން މާލޭގައި ހަމަޖެހި ، އަހަރެންގެ އާއިލާ ސަރުކާރުން ހަމަޖައްސައިދިން އެޕާރޓުމަންޓަކަށް ބަދަލުވީމެވެ. ގާތްގަނޑަކަށް 3 މަސް ދުވަހު މާލޭގައި ޕްރެކްޓިސް ކުރުމަށް ފަހު ބާކީ އޮތް މަސް ދުވަހު ޕްރެކްޓިސް ކުރީ ކަޒަކިސްތާންގައެވެ. އެ 1 މަސް ދުވަހުގެ ޕްރެކްޓިސް އަށް ފަހު އޮލިމްޕިކްސް އަށް ދިޔައީމެވެ.

          އެތަނަށް ގޮސް އަހަރެން ބިރުވެސް ގަތެވެ. މީހުން ގިނަ ވީމަ އެވެ. ނަމަވެސް ކޯޗުންގެ ލަފާ ހޯދައިގެން އަހަރެން ހަމަޔަކަށް އެޅުނެވެ. ފުރަތަމަ ބުރު ދުވެގެން ސެމީ ފައިނަލަށް ގޮއްސިއެވެ. އެދި އޭގެ ދެދުވަސް ފަހުން ފައިނަލަށް ދަތުރުކޮށްފި އެވެ. މުޅިން ވެސް އަހަރެން ދުވަހަކު ވެސް ނުވާނޭ ހިތަށް އެރި ހުވަފެން ތަކެވެ. ފައިނަލް އޮތް ދުވަހުއެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ އަހަރެންނަށް ” ގުޑް ލަކް” ކިޔަމުން ދިޔަ އެވެ. މި ކަންކަމުގެ ސަބަބުން އަހަރެންނަށް އިތުރު ހިތްވަރެއް ލިބުނެވެ. އަހަރެންގެ އަމިއްލަ ނަފްސަށް މި ވަނަ ނު ހޯދުނު ކަމުގައި ވިޔަސް މުޅި ރާއްޖެއަށް ރީތިނަމެއް ހޯދައިދޭން ޖެހޭ ކަން އަމިއްލަ ނަފްސަށް ވިސްނައި ދިނީމެވެ. ދުވާ ޓްރެކް އަށް އެރުމަށްފަހު ވެސް މާތް ﷲ ގެ ހަޞްރަތުގައި ކާމިޔާބަށް އެދި ދުޢާ ދެންނެވީމެވެ. އަފި ކަށިގަނޑު ފުމެ ލުމާ އެކު މެދު މިނެއްގައި ދުއްވައިގަތީމެވެ. އަހަރެން އޮތީ އެންމެ ފަހަތުގައެވެ. ގައިގައި ހުރި އެންމެ ބާރެއް ލާފައި އެންމެ ފަހު 200 މީޓަރުގައި އަހަރެން ދުއްވައިގަތީމެވެ. އަހަރެންނާއި ވާދަކުރާ މީހުންނަށް ވުރެ ބާރާށެވެ. ބަރާބަރު 1 މިނެޓް 50 ސިކުންތު ތެރޭގައި އަހަރެން ރޭސް ކާމިޔާބު ކުރީމެވެ. މުޅި ދުނިޔޭން ވެސް 800 މީޓަރުގެ ރިކޯޑެއް ބިންދާ ލީމެވެ. ދުނިޔޭގެ ރިކޯޑު ފޮތައް ވެސް އެރިއެވެ.

           އަހަރެން މި ކާމިޔާބީ އާއެކު ރާއްޖެ އައުމުން އެތައް ބަޔަކު އަހަރެންނަށް މަރުހަބާ ކިޔުމަށް އައެވެ. މި ކާމިޔާބީއަށް ފަހު އަހަރެން އަލުން ޕްރެކްޓިސް އަށް ނިކުތީ IOGI އަށެވެ.ނަމަވެސް ދެތިން ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު އަހަރެންގެ ފައިގައި ކޮންމެވެސް ކަމެއް ގޯސްކަން އަހަރެންނަށް ދެނެގަނެވުނެވެ. ޑޮކްޓަރުގެ ގާތަށް ދިޔައީމެވެ. އަހަރެން އެޑްމިޓްކޮށް ވަގުތުން ވަގުތަށް އިންޑިޔާއަށް އިތުރު ފަރުވާ އަށް ފޮނުވާލުމަށް ނިންމިއެވެ. އޭރު ވެސް އަހަރެންނަށް ވާނުވާއެއް ނޭނގެއެވެ. ވީ ކަމެއް އެކަކުވެސް ނުބުނިއެވެ. އިންޑިޔާއަށް ދިޔުމަށް ފަހު އަހަރެންގެ ފައިގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހުނެވެ. އޮޕަރޭޝަން ކުރަން ވެއްދުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުޑަ އިރުކޮޅެއް ކުރިން އަހަރެންގެ މަންމަ އަހަރެންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އަހަރެންނަށް ރޮވުނެވެ. ދެން ދުވަހަކު ވެސް ނުދުވެވޭނެ ތީއެވެ. އާނއެކެވެ. އަހަރެންނަށް ދެން ދުވަހަކު ވެސް ނުދުވެވޭނެ އެވެ. އަހަރެންގެ ވައަތު ފައިގެ ފަލަމަސްގަނޑު އެއްކޮށް ސަކަރާތް ވެގެން އަހަރެންގެ ފައި ބުރިކޮށްލަން ޖެހުނީއެވެ.

           އޮޕަރޭޝަނަށްފަހު ރާއްޖެއަށް އެނބުރި އައުމަށް ފަހު 2 މަސް ފަހުން އަހަރެން ޕުލާސްޓިކު ފައެއް ޖެހީމެވެ. ކުޅިވަރުގެ ދުނިޔެއާއި ތާއަބަދަށް އަލްވަދާއު ކީމެވެ. އަދި އަމިއްލަ ދިރިއުޅުމެއް ފަށަން ތެދުވެ އެ މަސައްކަތުގައި އުޅުނީމެވެ. އަހަރެންނަކީ މިހާރު އަހަރެންގެ ރަށު ސްކޫލުގައި މަސައްކަތް ކުރަމުންދާ ޓީޗަރެކެވެ. އަދި ރަށު ސްކޫލުގެ ދަރިވަރުން އެތްލެޓިކްސް ގައި ބައިވެރި ކުރުމަށް އެ ދަރިވަރުންނަށް މަސައްކަތް ކޮށްދޭ މުޅި ރާއްޖޭގެ ނަން މަޝްޙޫރު ކޯޗެކެވެ.

          އަހަރެންނަށް ޙިޔާލު ތަކުން ނިކުމެވުނީ އަހަރެންގެ ކުޑަ ދަރިފުޅު ރޯ އަޑަށެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު އެ ދިމާލަށް އަހަރެން ދިޔައީމެވެ. އެއީ މާޒީ އެވެ. އަހަރެން ޒުވާން އިރުއެވެ. ނަމަވެސްެ އެ ދުވަހުގެ ހަނދާންތަކަކީ ދުވަހަކު ވެސް ހިތުން ނުފިލާނޭ ހަނދާންތަކެކެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top