މުޖުތަމަޢުން ފެންނަ ޢަމަލުތަކުގެ ސަބަބުން ކިޔަވާ ދަރިވަރުންނަށް ކުރާ އަސަރު

     ރެވި އޮށަކަށް ކުޑަވެފައިވާ މި ދުނިޔޭގައި ކިޔަވާ ދަރިވަރުންނަށް މުޖުތަމަޢުގެ ތެރެއިން ފެންނަ ޢަމަލުތަކަކީ އެއިން އަސަރު ކުރާނެ ކަމެކެވެ. މުޖުތަމަޢުގެ ތެރެއިން ފެންނަ ރަނގަޅު ކަންތައްތަކަކީ ގިނަ ކުދިން އެއިން ޢިބްރަތް ލިބިގަންނަ ކަންކަމެވެ. އަދި އެ ކަންކަން ރަނގަޅު ގޮތުގައި ހިފުމަށް ބާރުއަޅާ ކުދިންނެވެ. ނަމަވެސް، މުޖުތަމަޢު ތެރެއިން ފެންނަ ނުރަނގަޅު އާދަތަކުގައި ހިފާ ދަރިވަރުންނާއި ޒުވާނުން މަދެއްނޫނެވެ. އެހެންކަމުން، މުޖުތަމަޢު ތެރެއިން ފެންނަ ޢަމަލުތަކުގެ ސަބަބުން ކިޔަވާކުދިން ނުބައި ޢަމަލުތައް އަށަގަނެ، ސާފުތާހިރު ވުމަށް އިސްކަން ނުދެވުނު ނަމަވެސް، ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުވުމާއެކު ރަނގަޅު ސިފަތައް އަށަގަނެއެވެ.

     މުޖުތަމަޢުގެ ތެރެއިން ފެންނަ ރަނގަޅު ކަންކަމުގެ ސަބަބުން، ކިޔަވާކުދިން ދީނީ ކަންކަމަށް އޮންނަ ޝައުޤުވެރިކަމާއި، ލޯބި އިތުރުވެއެވެ. އެގޮތުން މުޖުތަމައުގެ ތެރޭގައި އުޅޭ ކުދިންނާއި، ބޮޑެތި މީހުން ކޮންމެ ދުވަހަކުވެސް ނަމާދު ގަޑި ޖެހުމުން މިސްކިތަށް ދާ މަންޒަރު ފެނުމުގެ ސަބަބުން އެ އާދަ ހިފުމަށް ކުދިންނަށް މަސައްކަތް ކުރެވެއެވެ. ހަމައެހެންމެ، ނަމާދަށްފަހު މިސްކިތުތެރޭގައި ގިނަ މީހުން ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުން ފަދަ ކަންކަން ކުރާތަން ފެނުމުގެ ސަބަބުން، އެއަށް ލޯބިޖެހި، އެކަންކުރުމަށް ބޭނުންވެއެވެ. އޭގެ ސަބަބުން ދަރިވަރުންނަށް މިސްކިތުގެ އާދަތައް އަށަގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. އެހެންކަމުން، ކިޔަވާކުދިންނަށް މުޖުތަމަޢުގެ ތެރެއިން ފެންނަ ރަނގަޅު ކަންތައްތަކުގައި ހިފުމަށް ހިތްވަރުދޭންޖެހެއެވެ.

      ކިޔަވާކުދިންނަށް މުޖުތަމަޢުން ފެންނަ ރަނގަޅު އާދަތަކުގެ ސަބަބުން، ރަނގަޅު ސިފަތަށް އަށަގަނެއެވެ. އެގޮތުން، މުސްކުޅިންނަށް ނުވަތަ މަގުމަތީ އުޅޭ މީހުންނަށް އެހީވާތަން ފެނުމުގެ ސަބަބުން ކުދިންނަށް އެކަންކުރުމަށް ހިތްވަރު ލިބެއެވެ. އަދި މަގުމަތީގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދަސްވެއެވެ. ހަމައެހެންމެ، ބޭރުތެރޭގައި ހުންނަ ޑަސްބިންތަކަށް އާންމު ފަރުދުން ކުނިއަޅާތަން ފެނުމުން ދަރިވަރުން ޑަސްބިނުން ބޭރަށް ކުނިނޭޅުމަށް ހިތްވަރު ލިބިދެއެވެ. އޭގެއިތުރުން، މައިންބަފައިންނަށްވެސް އެހީތެރިވުމަށް ހިތްވަރުލިބެއެވެ. އެހެހެންކަމުން، މުޖުތަމަޢުން ފެންނަ ރަނގަޅު އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އަޙްލާޤީ ފެންވަރު ރަނގަޅުގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއެވެ.

މުޖުތަމަޢުން ފެންނަ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އަހްލާޤަށް ހެޔޮ އަސަރު ކުރިނަމަވެސް ނުބައި އަމަލުތައް އަށަގަތުމުގެ ފުރުސަތުވެސް ފެހިވެއެވެ. އެގޮތުން، މުޖުތަމައުގެ ތެރޭގައި އުޅޭ ޒުވާނުން ނުރަގަނޅު އަމަލުތައް ކުރުމުގެ ސަބަބުން، އެމަންޒަރު ކުދިންނަށް ފެނި އެކަންތައްތައް ކުރާހިތްވެއެވެ. އޭގެއިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ވޭޕްކުރުންފަދަ ކަންކަން ކުރާތަން ފެނުމުގެ ސަބަބުން އެއަށް ޝައުގުވެރިވެ، އެފަދަ ތަކެތި ހޯދުމަށް ބޭނުންވެއެވެ. ހަމައެހެންމެ، މަގުމަތީގައި އުޅޭ ޒުވާނުން ނުވަތަ ނޫކަށިފުރާ ކުދިން ދަޅުފަދަ ތަކެތި ބުއިމަށްފަހު ޑަސްބިނަށް ލުމުގެ ބަދަލުގައި، ބޭރަށް އެއްލާލާފައި ނުވަތަ އެތަން މިތަނަށް އުކާފައި ބަހަށްޓައެވެ. އޭގެ ސަބަބުން ކިޔަވާ ދަރިވަރުންވެސް އެކަން އެގޮތަށް ކުރުމަށް ބޭނުންވެއެވެ. އެހެންކަމުން، މުޖުތަމަޢު ތެރޭގައި އުޅޭ އާންމު ފަރުދުންގެ ކިބައިން ފެންނަ ނުރަނގަޅު އަމަލުތަކުގެ ސަބަބުން ދަރިވަރުންނަށް ކުރާ ނުބައި އަސަރުތަކުން ދުރުހެލިވުމަށް މަސައްކަތް ކުރަން ޖެހެއެވެ.

     ކިޔަވާ ކުދިންނަށް މުޖުތަމަޢުގެ ތެރެއިން ފެންނަ ނުރަނގަޅު އަމަލުތަކުގެ ސަބަބުން، ސާފުތާހިރުކަމަށް އިސްކަނދެވޭލެއް ކުޑަވެގެންދެއެވެ. އެގޮތުން، މަގުމަށްޗަށް ކުނިވާ ޒާތުފަދަ ތަކެތި އެޅުމުން، ނުބައި ވަސް ދުވައި، މާހައުލު ނުސާފުތާހިރުވެއެވެ. އޭގެ ސަބަބުން، ތަފާތު އެކި ބަލިތައް ފެތުރިގެންދިއުމަށް މަގުފަހިވެއެވެ. ހަމައެހެންމެ، ޓިޝޫފަދަ ތަކެތި އެކި މީހުން އުކާފައި ހުންނަތަން ކުދިންނަށް ފެނެއެވެ. އޭގެ ސަބަބުން، ކުދިންވެސް ހަމަ އެގޮތަށް ކަންތައް ކުރުމަށް ބާރުއެޅެއެވެ. އެހެންކަމުން، ކިޔަވާކުދިން ސާފުތާހިރު ކަމަށް އިސްކަންދިނުމަކީ ބަލިތަކުން ރައްކާތެރިވުމަށް އޮތް މަގަކަށްވާތީ، އެކަމަށް ސަމާލުކަންދޭންޖެހެއެވެ.

     މުޖުތަމަޢުގައި އުޅޭ އާންމު ފަރުރުދުންގެ ކިބައިން ދަރިވަރުންނަށް އެތަށް ގޮތަކުން ނުރަނގަޅު އާދަތަކެއް އަށަގަތުމާއެކު ރަނގަޅު އާދަތަށްވެސް އަށަގަނެއެވެ. އެގޮތުން، މިސްކިތުގެ އާދަތައް އަށަގަނެ، އަދި ޑަސްބިންތަކަށް ކުނިއެޅުންފަދަ ސާފުތާހިރުކަމުގެ ރަނގަޅު ސިފަތަށް އަށަގަނެއެވެ. ނަމަވެސް، ބައެއް ޒުވާނުން ނުރަނގަޅު އާދަތައް ކުރާތަން ފެނުމުން، ކުއްޖާވެސް އެކަންކަން ކުރުމުގެ ޝައުގުވެރިކަން އުފެދެވެ. އަދި ޑަސްބިނުން ބޭރަށް ކުނިއަޅާ މަންޒަރު ފެނި އެގޮތަށް އަމަލުކުރެވެއެވެ. ވީމާ، މުޖުތަމަޢުގެ ތެރެއިން ފެންނަ ނުރަނގަޅު ސިފަތަށް މަދުކޮށް، ރަނގަޅު ސިފަތަށް އަށަގެންނުމަށް ދަރިވަރުންނަށް ނަމޫނާ ދައްކާ މުޖުތަމަޢުއަކަށް، އެމުޖުތަމަޢުއެއް ހެދުމަކީ މުހިންމުކަމެކެވެ. 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top