ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުންނަށް ލިބޭ ފައިދާ އާއި ގެއްލުން

     ބަވަނަވަމުންދާ މި ދުނިޔޭގައި ސޯޝަލް މީޑިއާގެ މަންސަތަކަކީ ކިޔަވާކުދިންގެ އެންމެ ގާތް މިތުރަށް މިއަދު މިވަނީ ވެފައެވެ. އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ޓިކްޓޮކް ފަދަ މަންސަތަކަކީ އަދުގެ ކިޔަވާކުދިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޒަމާނީ އުފެއްދުން ތަކެކެވެ. ގިނަ އަދަދެއްގެ ދަރިވަރުންގެ މުށުތެރޭގައި ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކަކީ އެންމެ ތުއްތު އިރުއްސުރެ އެކުދިންގެ އަތުގައި އޮންނަ އެއްޗެކެވެ. މައިންބަފައިން ޤަބޫލުކުރާ ގޮތުގައި ޒަމާން ބަދަލުވަމުން ދާ ވަރަކަށް ކުއްޖާގެ ސިކުނޑި ތަރައްޤީކުރުމައްޓަކައި ޓކްނޮލްޖީގެ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ނަމަވެސް މިފަދަ ވަސިލަތްތަކަކީ ދެމިޔަލީ ކަނޑިއެެއް ފަދަ ވަސީލަތްތަކެކެވެ. އެގޮތުން ދަރިވަރުންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެ، އިޖުތިމާޢީ ގުޅުންތަައް ބަދަހިވުމާއި އެކު، ވަޒީފާގެ މާޙައުލަށް ދަރިވަރު ތައްޔާރުވި ނަމަވެސް ކިޔެވުމުގައާއި، ސިއްޙީ ގޮތުގެ އިތުރުން އަޚްލާގީ ގޮތުން ވެސް އެތަކެއް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ.

     ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުންނަށް އެތައް ހާސް މަޢުލޫމާތެއް ލިބިގެން ދެއެވެ.މީގެސަބަބުން ދަރިވަރުންގެ ސިކުނޑި ތާޒާވެ، މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެގެން ދެއެވް. އެގޮތުން ދަރުވަރުންގެ ފިލާވަޅާ ބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި ގޫގަލް އަދި ޗެޓް.ޖީ.ޕީ.ޓީ ފަދަ މަންސަތަކުގައި ޖަހައިލުމުން އެފިލާވަޅަކާ ގުޅޭ އެތައް މަޢުލޫމާތެއް އިތުރު ތަފްސީލާއި އެކު އާދެއެވެ. މިގެސަބަބުން ވަރަށް ފަސޭހައިން ދަރިވަރުންނަށް ފިލާވަޅުތައް އޮޅުންފިލައިގެން ދެއެވެ. މީގެ އިތުރުން ދަރިވަރުންނަށް ލިބިގެންދާ އަނެއް ފައިދާއަކީ މާނަނޭނގޭ ބަސްތަކުގެ މާނަ އެނގިގެން ދިއުމެވެ. އެގޮތުން މިފަދަ އޮންލައިން މަންސަތަކުގެ އެހީގައި މާނަނޭނގޭ ބަސްތައް ޖަހައިލުމުން އެ ބަހެއްގެ މާނައިގެ އިތުރުން އެބަސް ބޭނުން ކުރެވޭނެ ޙާލަތްތަކާއި ގޮތްތައް މިސާލާއި އެކު އާދެއެވެ. އަދިހަމައެހެންމެ ދަރިވަރުންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށް، ހުނަރުވެރިކަން ކުރިއެރުވުމަށްޓަކައި އެކަމަކަށް އެންމެ މޮޅު މޭސޮތިރިންނާއި އެކު އޮންލައިން ކުލާސްތައް ކުރިއަށްގެންދެވެއެވެ. އަދި މިގޮތަށް ކުލާސްތައް ކުރިއަށް ގެންދިއުމުގެ ތެރޭގައި އެމީހުން އެކަން ކުރަން ގެންގުޅުނު ސިއްރުތައް އެނގިގެނ ދެއެވެ. އަދިހަމަ އެހެންމެ އެމީހުން އެހިސާބަށް ވާސިލްވުމަށްޓަކައި ކުރި ބުރަ މަސައްކަތުގެ މަޢުލޫމާތު ލިބި ދަރިވަރުނގެ ވިސނުނ ފުޅާވެގެން ދެއެވެ. ވީމާ، ސޯޝަލް މީޑިއާގެ މަންސަތަކުގެ ސަބަބުން ދަރިވަރުންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެ، މިފަދަ އެތައް ފައިދާތަކެއް ލިބިގެނދާއިރު މިފަދަ ކަނކަމާމެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެެކެވެ.

     ދަރިވަރުންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ވުމުގެ އިތުރުން ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތައްވެސް ދަނީ ދުވަހަކަށް ވުރެ ދުވަހަަކަށް ބަދަހިވަމުންނެވެ. އެގޮތުން އީދުފަދަ މުނާސަބަތުތަކަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ އަދަދެއްގެ ބައްދަލުވުންތައް އޮންލައިންކޮށް ރޭވިގެން ކުރިއަށް ގެންދެވެއެވެ. އަދި މިފަދހަ ބައްދަލުވުން ތަކުގައި ސުކޫލު ކުދިން ބައިވެރިކޮށް އެދަރިވަރުންގެ ޚިޔާލުތައް ހޯދައި، ރޭވިގެން ދާ ކުޅިވަރުތަކުގައާއި ކަންކްމުގައި އެކުދިން ބައިވެރި ކުރެއެވެ. މީގެސަބަބުން ދަރިވަރުންނާއި މުޖުތަމަޢު ތެރޭގެ އެހެންމީހުންނާއިއެކު އޮންނަ ގުޅުން ބަދަހިވެގެން ދެއެވެ. މީގެއިތުރުން ސޯޝަލް މީޑިއާގެ މަންސަތަކުގެ އެހީގައި މުނިފޫހިފިލުވޭނެ އެކި ގޮތްތައް މިއަދު މިވަނީ ފަހިވެފައެވެ. އެގޮތުން އޮންލައިންކޮން ލަވަ ބާޒު ތަކާއި ޕަބްޖީފަދަ ގޭމުތައް ގުރޫޕުތަކަށް ބަހައިލައިގެން ވާދަވެރިކަމާއިއެކު ކުރިއަށް ގެންދެވެއެވެ. މީގެސަބަބުނން އެންމެން އެއްކޮން ގުޅިގެން މަސަތްކަތް ކުރުމުގެ މުހިންމުކަން ދަރިވަރުންނަށާއި މުޖުތަމަޢުގެ އެހެން މީހުންނަށް އެނގިގެން ދެއެވެ. އަދި މުޖުތަމަޢުތެރޭގެ އެއްބައިވަންތަކަން އިތުރުވެ، މުޖުތަމަޢުތެރޭގައި އޮންނަ ގުޅުުންތައް ބަދަހިވެ، ވަރުގަދަވެގެން ދެއެވެ. އެހެންކަމުން، ސޯޝަލްމީޑިއާގެ މަންސަތަކުގެ ސަބަބުން ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިވެގެންދާއިރު މިފަދަ ކަންކަމާމެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

     ސޯޝަލް މީޑިއާގެ ސަބަބުން މުޖުތަމަޢު ތެރެއަށް ދަރިވަރު ނުކުންނައިރު ހުންނަނީ ވަޒީފާގެ މާޙައުލަށް ތައްޔާރުވެފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ ވިއުގާ ތަކަކީ ހުރިހާބާވަތެއްގެ މަޢުލޫމާތުން ފުރިފައިވާ ތަނެކެވެ. އަދި ދަރިވަރުން ކުރިއަށްދާނެ ދާއިރާ ކަނޑައަޅާފައި ވާނަމަ، އެދަރިވަރުންނަށް މި މަންސަތަކުގެ އެހީގައި ކުރިއަށްދާން ފަސޭހަވެގެން ދެއެވެ. އެގޮތުން މެޑިކަލް ދާއިރާއިން ކުރިއަށް ދާން ބެނުންވާ ކުދިންނަށް ބޭނުންވާނޭ މަޢުލޫމާތުތައް މި މަންސަތަކުގެ އެހީގައި ލިބެއެވެ. އަދި މި މަޢުލޫމާތު ތަކުގެ ބޭނުން ހިފާކުއްޖަކަށް ކޯހަށް ވަންނަ އިރު އެކަމަކާ ގުޅޭ ޢާންމު މަޢުލޫމާތުތައް ހުންނަނީ ދަސްވެފައެވެ. މީގެސަބަބުން ދަރިވަރުން ކޯހުގައި އުޅޭއިރު ރަނގަޅު ނަތީޖާއެއް ހޯދުމަށް ފަސޭހަވެގެން ދެއެވެ. ވީމާ، މިފަދަ ވަސީލތްތަކުގެ ބޭނުން ހިފައިގެން ކޮންމެ ދަރިވަރަކުވެސް ކޮންމެވެސް މިންވަރަކުން ވަޒީފާގެ މާޙައުލަށް ތައްޔާރުވުމަކީ ނހަނު ބޭނުންތެރި ކަމެކެވެ.

     ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެ، އިޖުތިމާޢީ ގުޅުންތައް ބަދަހި ވުމާއިއެކު، ވަޒީފާގެ މާޙައުލަށް ދަރިވަރުން ތައްޔާރުވި ނަމަވެސް އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފަިފިނަމަ ކިޔެވުމުގައި އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ދަރިވަރުންގެ ހިތުގައި ކިޔެވުމަށް އޮންނަ ރޫޙު ފަނޑުވެގެން ދެއެވެ. ހަމައެހެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ 10 އަހަރާ އަޅާބަލާއިރު ދަރުވަރުންގެ ނަތީޖާ މިހާރު ވަނީ %25 ދަށަށް ގޮސްފައެވެ. މިކަން މިގޮތަށް މެދުވެރިވާން ދިމާވާ އެންމެ ބޮޑު ސަބަބަކަށް ލަފާކުރެވި ފައިވަނީ ދަރިވަރުން ސޯޝަލް މީޑިއާގެ މަންސަތަކުގެ ތެރޭގައި ދަރިވަރުން ހޭދަކުރާ ބޭކާރު ވަގުތު ގިނަވުމެވެ. އެގޮތުން މާގިނައިން ވީޑިއޯ ގޭމު ކުޅެ، ވީޑިއޯތައް ބަލައި ހެދުމުގެ ސަބަބުން އެފަދަ ކަންކަމަށް ދެވިހިފައެވެ. އަދި މިފަދަކުދިން ކުލާހުގައި ފިލާޅުތައް ނަގައިދެވޭ ވަގުތުތަކުގައި އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިނުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ. މީގެއިތުރުން ކިޔެވުމުގެ މާޙައުލުން ދުރުވެ، މިފަދަ މަންސަތަކުގައި ގިނަވަގުތު މަސްއޫލުވެ އުޅުމުގެ ސަބަބުން ދަރިވަރުންނަށްލިބޭ މަޢުލޫމާތުގެ އަދަދު އިންތިހާއަށް ދަށްވެގެން ދެއެވެ. މީގެސަބަބުން ދަރިވަރުންގެ މަޢުލޫމާތުގެ ޚަޒާނާ ކޮށިވެ، ބޮޑެތި ލިޔުންތައް ލިޔާއިރު ލިޔަންއުނދަގޫ ވެގެން ދެއެވެ. އަދި އިމްތިޙާނުތަކުގެ ނަތީޖާއިން ދަރިވަރުން އިންތިހާއަށް ދަށްވެގެން ދެއެވެ. ވީމާ، ސޯޝަލް މީޑިއާގެ މަންސަތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭއިރު، މި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ.

     ސޯޝަލް މީޑިއާގެ މަންސަތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އެތަކެއް ގޮންޖެހުނތަކެއް ކުރިމަތިވުމާއިއެކު، ސިއްޙީ މައްސަލަތަކުގެ ހާއްޔަކަށް ދަރިވަރުން ހުށަހެޅިގެން ދެއެވެ. އެގޮތުން މާގިނައިރު ފޯޯނު ނުވަތަ ޓެބްލެޓު ހިފަހައްޓައިގެން އިނުމުގެ ސަބަބުން އިނގިލިތަކަށް މައްސަލަޖެހިގެން ދެއެވެ. އަދި ސްކްރޯލް ކުރުމުގަ އާއި،ޓައިޕްކުރުުމުގައި އެކަޝީގެނ ނުވާ މިންވަރަށް ވަގުތު ހޭދަކުރުމުގެ ސަބަބުން އިނގިލިތަކަށް މައްސަލަޖެހިގެން ދެއެވެ. މީގެ އިތުރުން މާގިނައިރު ސްކްރީންލީ ވަސީލަތްތަކަށް ބެލުމުގެ ސަބަބުން ލޮލުގެ އެކިއެކި މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ސްކްރީނަށް ބެލުމުގެ ސަބަބުން ލޮލަށް އެއެޅެ ‘ބްލޫ ލައިޓް’ގެ ސަބަބުން ލޮލުގެ ނާޒުކު ސެލްތައް ހަލާކުވެގެން ދެއެވެ. އަދިހަމައެހެންމެ ލޮލުގެ ނާރުތަކަށް   ބާރުކޮށް ލޮލުގައި ރިއްސައެވެ. އަދި މިފަދަ މައްސަލަތައް ދިމާވުމުގެ ސަބަބުން އައިނު އަޅަން ޖެހެއެވެ. އެގޮތުން ސިއްޙީ މާހިރުންގެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވޭތުވރ ދިޔަ 15 އަހަރަށް ބަލާއިރު ޅައުމުރުގައި އައިނުއަޅަން ޖެހޭކުދިންގެ އަދަދު މިއަދުވަނީ %35 މަތިވެފައެވެ. މީގެއިތުރުން މާގިނަ އިރު އަޑުގަދަކޮށް ހެޑްސެޓް ޖަހައިގެނ ލަވައަޑު އެހުމުގެ ސަބަބުން ކަންފަތަށް އެތަކެށް ނޭދެވޭ އަސަރެއް ކުރެއެވެ. އެގޮތުން ކަންފަތުގައި ރިއްސާ، ކަންފަތް އަވަސް އަވަހަށް ބަށްވުން ފަަދަ އެތައް މައްސަލަތަކަކާއި ކުރިމަތިލާން ޖެހެއެވެ. އަދިހަމަ އެހެންމެ ކަންފަތަށް  އަޑުނީވުމުގެ މައްސަލަ ދހިމާވުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ. އަދި މިފަދަ އެތައްކަމަކާމެދު ޑޮކްޓަރުން އަންނަނީ ދުވަހަކަށްވުރެ ދުވަހަކަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންކަމުން، މިފަދަ ވަސީލަތްތައް ބޭނުންކުރާއިރު ސިއްޙަތަށް ގެއްލުން ނުވާނެހެން ވިސްނުންތެރިކަމާއިއެކު ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

     ސޯޝަލް މީޑިއާގެ މަންސަތައް އެދެވިގެންވާވަރަށްވުރެ ގިނަވަގުތު ބޭނުންކުރުމުގެ ސަބަބުން ދަރިވަރުންގެ އަޚްލާޤަށް އެތައް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އާންމުގޮތެއްގައި ސުކޫލު ދަރިވަރުންނަކީ މުނިފޫހި ފިލުވުމުގެ ގޮތުން ވީޑިއޯތަކާއި، ފިލްމުތައް ބަލާ ހަދާކުދިންނެވެ. މިގޮތަށް ބަލާ ބައެއް ފިލްމުތަކުގައި ހަޑިހުތުރު ބަހުން މުޢާމަލާތް ކޮއްފައި ހުރެއެވެ. އަދި މީގެ ސަބަބުން ބޭއިޚްތުޔާރުގައި މަދުން ނަމަވެސް މީހުންނާ މުޢާމަލާތް ކުރުމުގައި މިފަދަ ބަސްތައް ބޭނުން ކުރެވެއެވެ. މީގެއިތުރުން ގޭމު ކުޅެން ނުވަތަ ޗެޓްކުރަން އޮންނަ ވަގުތު ތަކުގައި ނަމާދު ވަގުތު ޖެހުމުން މަންމަ އައިސް ނަމާދަށް ދާށޭ ބުނުމުން މަންމަ ދެކެ ރުޅި އާދެވެއެވެ. އަދި ރުޅިއައުމުގެ ތެރޭގައި މަންމަ އާއި ދިމާއަށް ބުނެގެން ނުވާނޭ ފަދަ ބަސްތައް ބުނެވިގެން ދެއެވެ. ވީމާ، ސޯޝަލް މީޑިއާގެ މަންސަތަކުގެ ސަބަބުން ދަރިވަރުންގެ އަޚްލާޤަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރާއިރު، އެފަދަ ކަންކަމާ މެދު ވިސްނާލުމަކީ ނުހަނު މުިންމު ކަމެކެވެ.

     ސޯޝަަަަަަލް މީޑިއާގެ މަންސަތަކުގެ ސަބަބުން ދަރިވަރުންނަށް އެތަކެއް ފައިދާތަކެއް ލިބުނުނަމަވެސް، އޭގެ ބޭނުން ނަހަމަގޮތުގައި ހިފަިފިނަމަ އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ގޫގަލް އަދި ޗެޓް.ޖީ.ޕީ.ޓީ ފަދަ މަންސަތަކުގެ އެހީގައި ދަރިވަރުންގެ މަޢލޫމާތު އިތުރަށް ފުޅާކުރެވިގެން ދެއެވެ. އަދިހަމައެހެންމެ މިފަދަ މަންސަތަކުގެ ޒަރީޢާއިން މުޖުތަމަޢު ތެރޭގައި މުނިފޫހި ފިލުވުމުގެ އެކި އެކި ކަންކަން ރާވާ ކުރިއަށް ގެންދެވެއެވެ. މީގެއިތުރުން މި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިިފިނަމަ ތަޢުލީމީ ޙަޔާތް ނިމި މުޖުތަމަޢުތެރެއަށް ނުކުންނައިރު ހުންނަނީ ވަޒީފާގެ މާޙައުލަށް ތައްޔާރު ވެވިފައެވެ. އެހެންނަމަވެސް މިފަދަ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައު ހިފުމުގެ ސަބަބުން ދަރިވަރުން ކިޔެވުމާ ދުރުވެ، އިމްތިޙާނުތަކުން ދަށްވެގެން ދެއެވެ. އަދިހަމަ އެހެންމެ ލޮލަށާ،އިނގިިލި ތަކުގެ އިތުރުން ކަންފަތަށް އެތައް ގޮތަކުން ގެއްލުން ލިބިގެން ދެއެވެ. މީގެއިތުރުން ދަރިވަރުންގެ އަޚްލާޤީ ފެންވަރު ދަށްވެ މުޖުތަމަޢުގެ ތެރޭގައި ދަރިވަރުންގެ އަގު ވެއްޓިގެން ދެއެވެ. ވީމާ، ސޯޝަލް މީޑިއާގެ މަންސަތައް ބޭނުން ކުރާއިރު އެއިން ލިބިގެން ދާނެ ފައިދާތަކާ، ގެއްލުންތަކާމެދު އަހުލުވެރިވެ ހުރެ، އެފަދަ ވަސީލަތްތައް ބޭނުން ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.               

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top