ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅަން އަމަލުކުރާނެގޮތް

މަދަރުސީ ޙަޔާތް ނިމުމުގެ ކުރިން ތިމާ ކުރިޔަށްދާނެ ދާއިރާއެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ދާއިރާ އިޙުތިޔާރު ނުކުރެވޭތަން އާދެއެވެ. އެގޮތުން މިލިޔުމުގައި، ކުރިއަށްދާނެ ދާއިރާއެއް ކަނޑައަޅަން އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ހިއްސާކޮށްލާނަމެވެ.

އެންމެފުރަތަމަކަމަކަށްއަމިއްލަނަްފުސދެނެގަންނާށެވެ.އެގޮތުންތިމާއެންމެޝައުގުވެރިވާކަންތައްތަކަކީކޮބައިތޯއާއިތިމާގެ
ހުރި ހުނަރުތަކަކީ ކޮބައިކަން ދެނެގަންނާށެވެ. ހަމައެގޮތުން ތިމާ ވާސިލްވާން ބޭނުންވާ ގޯލް ކަނޑައަޅާށެވެ. ހަމަ އެހެންމެ ކުރިއަށް އޮތް ދިހައެއް ނުވަތަ ފަސް އަހަރު ތެރޭގައި ތިމާ ހުންނަން ބޭނުންވާ ހިސާބު ކަނޑައަޅާށެވެ. އަދި ތިމާ އަދާކުރަން ބޭނުންވާ ވަޒީފާއިން ލިބެން ބޭނުންވާ އާމްދަނީ ކަނޑައަޅާށެވެ. މީގެ ސަބަބުން ތިމާގެ ހުނަރާ ގުޅޭ އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭ ދާއިރާއެއް އިޚްތިޔާރު ކުރަން

ފަސޭހަވެގެންދާނެއެވެ.

ދެވަނަ ކަމަކަށް ތިމާގެ ހުރި ހުނަރާ އަދި ތިމާ ކަނޑައަޅާ ގޯލާއި ގުޅޭ ދާއިރާތަކުގެ ރިސާރޗެއް ހަދާށެވެ. ހަމަ އެގޮތަށް އެކަމަށް
ބޭނުންވާ ތަމްރީނާއި ތަޢުލީމު ލިބޭނެގޮތް ހޯދަށެވެ. އަދި އެ ތަމްރީނު ލިބޭނީ ކޮންތާކުންތޯ ބަލައި، އެ ތަމްރީނު ހޯދުމަށް ހިނގާ ހަރަދަކީ ކޮބައިތޯ ވެސް ބަލާށެވެ. މިގޮތަށް ކަންތައް ކުރުމުން ތިމާއަށް އެންމެ އެކަށީގެންވާ ދާއިރާއިން ކުރިއަށް ދެވޭނެއެވެ.

އިސްވެ ދެވުނު އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރާށެވެ. އެގޮތުން ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމަށްޓަކައި ތިމާގެ އަމިއްލަ
ނަފްސު ދެނެގަނެ ތިމާއާ އެންމެ ގުޅޭ ދާއިރާއެއް ހޯދައި ރިސާރޗްކުރާށެވެ. މިދިން އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށްފިނަމަ ތިމާއަށް އެންމެ އެދެވޭ ދާއިރާއެއް ކަނޑައެޅި އެދާއިރާއަކުން ކުރިއަށް ދެވޭނެއެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top