އުޚްރަވީ ހަޔާތް ބާއްޖަވެރިކުރެވޭނެ ގޮތް

ދުނިޔޭގެ ހަޔާތަކީ ވަރަށް އަވަހަށް ހަލާކުވެ ފަނާވެދަނިވި ވަގުތީ އުފަލެއްދޭ އެއްޗެކެވެ. ހަޤީޤީ ހަޔާތަކީ އުޚްރަވީ ހަޔާތެވެ.
އެހެންނަމަވެސް އިންސާނުން ވަނީ ދުނިޔެވީ ހަޔާތުގައި ފައިސާއާ މުދަލަށް ޤާފިލްވެފައެވެ. އެގޮތުން މިލިޔުމުގައި އުޚްރަވީ ހަޔާތް ބާއްޖަވެރި ކުރެވޭނެ ގޮތުގެ އިރުޝާދެއް ހިއްސާކޮށްލާނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް ތިމާއަކީ މުސްލިމެއްކަމުގައި ވާށެވެ. ހަމައެގޮތުން ޝަހާދަތުގެ ދެކަލިމަ ދުލުންކިޔައި ހިތުންތެދުކޮށް ޤަބޫލުކުރާށެވެ. އަދި އިސްލާމްދީނުގައި މާތްالله އަންގަވާފައިވާ އެންމެހައި އަޅުކަންތައްތަަކަށް ރައްކާތެރިވާށެވެ. އެގޮތުން ފަރުޟު ފަސް ނަމާދުކޮށް، ޤުރްއާން ކިޔަވާ، ހެނދުނާ ހަވީރުގެ ޒިކުރުތައްކިޔާހަދާށެވެ. މިގޮތަށް ތިމާގެ އަމަލުތައް ބަހައްޓައިފިނަމަ ތިމާގެ ހިތުގައި އިސްލާމްދީނަށް ލޯބި

އުފެދޭނެއެވެ.

ދެވަނަ ކަމަކަށް އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ އަޚްލާގު ރަނގަޅު އިންސާނަކަށް ވާށެވެ. އެގޮތުން ބޮޑެތި މީހުންނަށް ކަމޭހިތައި،އެންމެންނާރީތިބަހުންމުހާތަުބކުރާ،މައިންބަފައިންދެކެލޯބިވާ،އެންމެންނަށްޯއގާތެރިއަދިއެހީވެދޭމީހަކަށްވާށެވެ.ހަމަ އެގޮތުން ފާފަތަކުން ދުރުހެލިވާށެވެ. އަދި އުޚްރަވީ ހަޔާތް ބާޢްޖަވެރިކޮށްދެއްވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ. މީގެ ސަބަބުން ކުށް

ާފފަތަކުން ދުރުވެ މުޢުމިނެއްގެ ގޮތުގައި ދެމިހުރުމަށް ބާރު ލިބިގެންދާނެއެވެ.

އިސްވެދެވުނު އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރާށެވެ. އެގޮތުން އުޚްރަވީ ހަޔާތް ބާއްޖަވެރިކުރުމަށްޓަކައި ތިމާ އިސްލާމްދީން ދެކެ
ލޯބިވެ ކުށް ފާފައިން އަރައިގަންނަން މަސައްކަތްކުރާށެވެ. މި ދިން އިރުޝަދުތަކާ އެއްގޮތަށް އަމަލުކޮށްފިނަމަ ތިމާއަކީ އުޚްރަވީ ހަޔާތުގައި ބާއްޖަވެރި މީހަކަށް ވެގެންދާނެއެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top