ޅެން

  • ފުރިފައިވަނީ ހިތްތަކުއޭ، ބަޠަލުންގެފޮނި ހަނދާންތަކޭ

ކުރިހިތްވަރެއް ބަދަލެއްނުވޭ، ނިމިގެންދިޔާ ޒަމާންތަކޭ

  • ބަޠަލުންގެތެރޭން ހުސެން އާދަމް، ވި ޤުރުބާނި މި ލެޔަށްޓަކާ

ފެނިގެންދިޔާ ޝަހީދުވިތަން، ފަޚުރުވެރިވާ ޤައުމަށްޓަކާ

  • ހިމާޔާތްކޮށް ސަލާމަތްކޮށް، ދިފާޢުކުރަން މިނިވަންކަމޭ

ދިމާލަށްއައި ވަޒަންތައްވެސް، ދިފާޢުކުރީ އެހަށިގަނޑުނޭ

  • ކަށިންނެގުނީ ހިތްވަރުތަކޭ، ބޮންތައްނުފެނި އުދުހެމުންދާ

މަށިންފެނުނީ ލެޔޭއޮހޮރޭ، ހުވަފެނެއްހެން ކުރެހެމުންދާ

  • ހިތަކުންނުދޭ ފިލައިގެންނެއް، ވިޤުރުބާނީ ވަޒަންނުވެމޭ

ކިތަންމެ ދުރަށް ރަނުން ފެވިޔަސް، ޝަރަފުވެރިންގެ އަގެއްނުމެވޭ

  • ދަރިންނޭބަލަ ހަނދާންކުރޭ، މި ދިވެހި ބިމުގެ ބަޠަލުންތަކޭ

ދަރިންނޭބަލަ މިނިވަންކަމާ ފުށުއެރިނުދިން ޝަރަފުންތަކޭ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top