ދަރިވަރުންގެ ހިތްތަކުގައި  ދިވެހިބަހަށް އޮންނަ ލޯބި އިތުރުކުރާނެ ގޮތް

ދިވުހިބަހަކީ ދިވެހިންގެ މާދަރީބަހެވެ. ދިވެހިންނަށް އަމިއްލަ މާދަރީބަހެއް ލިބިފައި އޮތުމަކީ ދިވެހިންނަށް ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް މިނިޢުމަތުގެ ބޭނުންހިފައި،  ދިވެހި ބަހަށް ޤަދަރުކޮށް ލޯބިކުރާ ބައެއް ފެންނަނީ ވަރަށް މަދުންނެވެ. މީގެސަބަބުން ދިވެހިބަސް އިތުރަށް ކުރިއަރައިދިއުމަށް ހުރަސްއަޅައި، ދިވެހި ބަހުގެ ތާރީޚު ކުރިޔަށް އަންނަން އޮތް ޖީލުތަކަށް ނުފޯރުންފަދަ ކަންކަން ދިމާވުމުގެބިރު އޮތީ ދުރެއްގައެއް ނޫނެވެ. އެހެންކަމުން ދިވެހިބަސް ދަމަހައްޓަން މަސައްކަތްކޮށް، ދަރިވަރުންގެ ހިއްތަކުގައި ދިވެހިބަހަށް ލޯބިޖެއްސުމަކީ ނުހަނު މުހިންމުކަމެކެވެ.  އެގޮތުން ދަރިވަރުންގެ ހިއްތަކުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުމަށްޓަކައި ދިވެހިބަހުގެ ފޮތްއަލަމާރި ފުޅާކޮށް، ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނިކޮއްގެން ވާހަކަދެއްކުމުގެބަދަލުގައި އާބަސްތަކެއް އުފައްދައި، ސުކޫލުތަކުގައި ދިވެހިބަހަށް ދޭ އިސްކަން އިތުރުކުރުމާއިއެކު،  ކުޑަކުދިން ގަޔާވާފަދަ ވީޑިއޯތަކާއި ޕްރޮގްރާމުތައް އުފެއްދުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި އިތުރުކުރަން ބޭނުންނަމަ ދިވެހިބަހުގެ ފޮތްއަލަމާރި ފުޅާކުރުމަކީ ނުހަނު މުހިންމުކަމެކެވެ. އެގޮތުން ދަރިވަރުން ޝައުގުވެރިވާފަދަ އެކި ބާވަތްތަކުގެ ފޮތްތަކާއި ލިޔުންތައް ޝާއިރުކުރުމުގެ ސަބަބުން ދަރިވަރުންގެހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި އިތުރުވެގެންދެއެވެ. މީގެއިތުރުން ދިވެހި އެކިކަހަލަ މަޒުމޫނުތަކާއި ލިޔުންތައް ލިޔުމުގެ ސަބަބުން ދަރިވަރުން ދިވެހިބަހަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، ދަރިވަރުން އަމިއްލައަކަށް ލިޔުންތައް ލިޔުމަށް ހިތްވަރު ލިބިގެންދެއެވެ. މީގެ ސަބަބުން ދިވެހިރާޖޭގައި ފަންނުވެރި ލިޔުންތެރިންގެ އަދަދު އިތުރުވެ ތަފާތު ވައްތަރުތަކުގެ ފޮތްތައް ޝާއިރުވެގެން ދާނެއެވެ. މިހެންކަމުން މުޖުތަމައުތެރޭ ދިވެހިބަހަށް ލޯބިކުރާ ދަރިވަރުންގެ އަދަދު އިތުރުވެ، ދިވެހިބަސް ދިރުވައި އާލާކުރުމަށް ފަސޭހަވެގެންދާނެއެވެ. ވީމާ، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި އިތރުކުރުމަށްޓަކައި ދިވެހިބަހުގެ ފޮތްއަލަމާރި ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު ވިސްނުމަކީ އެދެވިގެންވާ ކަމެކެވެ.

ދިވެހިބަހާއި އިނގެރޭސިބަސް މަސްހުނިކޮއްގެން ވާހަކަދެއްކުމުގެ ބަދަލުގައި އާ ބަސްތައް ތަޢާރަފްކުރު މަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި އިތުރު ކޮއްދޭނޭކަމެކެވެ. އެގޮތުން ވާހަކަދެއްކުމުގައި އިނގެރޭސި ބަސްތައް ބޭނުންކުރުމުން ދުރުހެލިވާނެއެވެ. ހަމަމިއާއެކު އާ ދިވެހިބަސްތަކެއް އުފެދިގެންދާނެއެވެ. މީގެ ސަބަބުން ދިވެހިބަހަށް ކުރާ ޤަދަރާއި އިހުތިރާމް މަތިވެ ދިވެހިބަހަށް ދޭ އިސްކަން މަތިވެގެންދާނެއެވެ. މިހެންކަމުން ދިވެހިބަސް ދިރުވައި އާލާކުރުމަށް ފަސޭހަވެ ދިވެހިބަސް ރައްކާކޮށް ދަމަހައްޓަން ފަސޭހަވެގެން ދާނެއެވެ. އެހެންކަމުން ދަރިވަރުންގެ ހިއްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި އިތުރުކުރުމައްޓަކައި ދިވެހިބަހާއި އިނގެރޭސިބަސް މަސްހުނިނުކޮށް ވާހަކަ ދެއްކޭނެ ގޮއްތަކާއިމެދު ވިސްނަންޖެހެއެވެ.

ސުކޫލުތެރޭގައި ދިވެހިބަހަށް ދޭ އިސްކަން އިތުރުކުރުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއްސުމަށް ކުރެވިދާނެ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން އިނގެރޭސި މާއްދާތަކަށްވުރެ ދިވެހި މާއްދާތައް ކިޔަވައިދިނުމަށް އިސްކަންދީ، އެ މާއްދާތަކަށް އިތުރު ވަގުތު ހޭދަކުރަން ޖެހެއެވެ. އެހެންކަމުން މިގޮތައް  އަމަލުކުރުމުން ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއސުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން ދިވެހިބަހާއި ގުޅުންހުރި މުބާރަތްތައް ގިނަގިނައިން ބޭއްވުމުގެ ސަބަބުން އެ މުބާރާތުގައި ދަރިވަރުން ބައިވެރިވެ ދިވެހިބަސް އިތުރަށް ދަސްކުރުމަށް ހިތްވަރުލިބިގެންދެއެވެ. އަދިހަމައެހެންމެ އެ މުބާރާތްތަކަށް ދަރިވަރުން މަސަކައްކަތް ކުރަމުންދާއިރު ދިވެހިބަހާއި ބެހޭ ގޮތުން ދަރިވަރުންގެ މައުލޫމާތުގެ ހަޒާނާ މުއްސަނދިވެ ދަރިވަރުންނަށް އައު އުކުޅުތަކެއް ދަސްވެގެން ދާނެއެވެ. މީގެ އިތުރުން ދިވެހިބަހާއި ބެހޭ މުހިންމު ދުވަސްތައް ސުކޫލުގައި ފާހަނގަކުރަން ޖެހެއެވެ. އެހެންކަމުން ދަރިވަރުންގެ  ހިތްތަކުގައި ދިވެހިމާއްދާއަށް ލޯބި ޖެއްސުމަށްޓަކައި،  އެހެންމާއްދާތަކަށްވުރެން ދިވެހިމާއްދާއަށް އިސްކަންދިނުމަށް ވިސްނަން ޖެހެއެވެ.

އިންޓަރނެޓް މެދުވެރިކޮށް ދިވެހިބަސް ފަސޭހައިން ދަސްކުރެވޭނެ ގޮތްތައް ފަހިކުރުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށްއޮންނަ ލޯބި އިތުރުކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އިންޓަރނެޓް މެދުވެރިކޮއް ހަދާފައި ހުންނަ އެޕްތަކުގެ ސަބަބުން ދަރިވަރުންގެ ލިޔެކިޔުމުގެ ފެންވަރު ރަނގަޅުވާކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ. މީގެ އިތުރުން އިންޓަރނެޓްގައި ކުޑަކުދިންނަށް އަމާޒުކޮށް ހަދާފައި ހުންނަ ދިވެހިބަހާއި ގުޅުންހުރި ވީޑިއޯތަކާއި ގޭމުތައް ހެދުމުގެ ސަބަބުން ޅައުމުރުގައި ދިވެހިބަސް ދަސްކުރުމަށް އޮންނަ ޝަޢުޤުވެރިކަން އިތުރުވެއެވެ. ހަމަމިއާއެކު ދިވެހިބަހާއި  ބޭހޭގޮތުން އޮންލައިން ކޯސްތައް ހެދުމުގެ ސަބަބުން ގިނަ މީހުންތަކެއް އެ ކޯސްތަކުގައި ބައިވެރިވެ ދިވެހިބަހަށް އޮންނަ އަހުލުވެރިކަން އިތުރުވެގެންދެއެވެ. އެންކަމުން ދަރިވަރުންގެ ހިއްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމައްޓަކައި ކުޑަކުދިންނަށް ދިވެހިބަސް ފަސޭހައިން ދަސްކޮށްދެވޭނެ ގޮތްތަކާއިމެދު ވިސްނަންޖެހެއެވެ.

އަދަބިއްޔާތާއި ގުޅުންހުރި ވަޒީރުން ގެ މުސާރަތައް އިތުރުކުކުރުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި އުފެދިގެންދާނެ ކަމެކެވެ.  މީގެސަބަބުން ކުރިމަގުގައި  ދިވެހިބަހާއި ބެހޭ ފަންނުވެރިން އިތުރުވެގެންދާނެއެވެ. އޭގެ އިތުރުން އިހުޒަމާނުގެ ޝާއިރުންނާއި ފަންނުވެރިންގެ މަސައްކަތްތައް  ދިރުވައި އާލާވުމާއިއެކު ދިވެހިންގެ ސަޤާފަތް ދެމެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. ހަމަމިއާއެކު ދަރިވަރުން ދިވެހިބަހާއި ބެހޭގޮތުން ދަސްކޮށް އެދާއިރާއިން ކުރިޔަށްދާން ބޭނުންވާނެއެވެ. މީގެ ސަބަބުން ދިވެހިބަހަށް ލޯބިކުރާ ކުދިދަރިންތަކެއް އުފެދިގެންދާނެއެވެ. ހަމައެހެންމެ ދިވެހިބަހަށް އޮންނަ ޤަދަރާއި އިޙްތިރާމް މަތިވެ އަދަބިއްޔާތާއި ގުޅުންހުރި މާހިރުންނަށް އޮންނަ ޤަދަރު މަތިވެގެންދާނެއެވެ. ވީމާ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއސުމަށް އަދަބިއްޔާތާއި ގުޅުންހުރި ވަޒީރުންގެ މުސާރަ އިތުރުކުރުމަކީ އެދެވިގެންވާ ކަމެކެވެ.

ކުޑަކުދިން ގަޔާވާފަދަ ވީޑިއޯ ޕޮރޮގުރާމްތައް އުފެއްދުމަކީ ކުޑަކުދިން ދިވެހިބަހަށް ޝައުގުވެރިކޮށްދީ ދިވެހިބަހަށް ލޯބި ޖައްސާ ކަމެކެވެ. އެގޮތުން މި ވީޑިއޯތަކުގެ ސަބަބުން ކުޑަކުދިން އެންމެފުރަތަމަ ދަސްކުރާ ބަހަކީ ދިވެހިބަސްކަމަށް ވެގެންދެއެވެ. މީގެސަބަބުން ދިވެހި ބަސް ދެކެ ލޯބިވާ ކުދިދަރީންތަކެއް އުފެދިގެން ދާނެއެވެ. މީގެއިތުރުން ތުއްތުކުދިންނަށް އަމާޒުކޮއް ދިވެހިބަހާއި ގުޅުންހުރި ފޮތްތައް ޝާއިރުކުރުމުން ކުޑަކުދިންނަށް ދިވެހިބަސް އުގެނުމަށް ފަސޭހަކަމަކަށްވެގެންދެއެވެ. ހަމަމިއާއެކު ކުޑަކުދިންނަށް އަމާޒުކޮށް ޓީވީ ޕްރޮގުރާމުތައް ހެދުމުން ދިވެހިބަސް އެއީ ކިޔަވާހިއްވާ މާއްދާއެއް ކަމަށްވެގެންދެއެވެ. ވީމާ ދަރިވަރުނގެ ހިތްތަކުގައި ދިވެހި ބަހައް ލޯބި ޖެއްސުމަށް ތުއްތުކުދިން ގަޔާވާ ވީޑިއޯ އާއި ޕްރޮގުރާމުތައް އުފެއްދުމަކީ އެދެވިގެން ވާކަމެކެވެ. 

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި އިތުރުކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. އެގޮތުން ދަރިވަރުންގެ ހިއްތަކުގައި ދިވެހިބަހަށް ލޯބިޖެއްސުމަށް ދަރިވަރުން ގަޔާވާފަދަ ވާހަކަފޮތްތައް ޝާއިރުކުރުމަކީ  އެދެވިގެންވާކަމެކެވެ. އޭގެ އިތުރުން ދިވެހި އާ ބަސްތައް ތަޢާރަފުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ހަމަމިއާއެކު ސުކޫލުތަކުގައި ދިވެހިބަހާއި ބެހޭ މުހިންމު ދުވަސްތައް ފާހަގަކުރުމަކީ ދަރިވަރުން ދިވެހިބަހަށް އަހުލުވެރިކޮއްދޭނެ ކަމެކެވެ. މީގެ އިތުރުން ދިވެހިބަހާއި ގުޅުންހުރި ކޯސްތައް ހެދުމަކީ ދަރިވަރުންނަށް ދިވެހިބަސް ފަސޭހައިން ދަސްކުރުމަށް ފަހިކޮށްދޭނެ ކަމެކެވެ. ހަމައެހެންމެ އަދަބިއްޔާތާއި ގުޅުންހުރި  ވަޒީރުންނާއި މާހިރުންގެ މުސާރަތައް އިތުރުކުރުމުން ދަރިވަރުން އެދާއިރާއިން ކުރިޔަށްދިޔުމަށް މަގުފަހިކޮއްދެއެވެ. މީގެ އިތުރުން ކުޑަކުދިން ޝައިގުވެރިވާކަހަލަ ގޮތްގޮތައް ހަދާފައި  ހުންނަ  ގޭމުތަކާއި ވީޑިއޯތަކުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި އުފެދިގެން ދާނެއެވެ. ވީމާ އަހަރުމެންގެ މާދަރީބަސްކަމަށްވާ ދިވެހިބަސް އެއީ ދަރިވަރުން ޝައުގުވެރިވާ އަދި ލޯބިވާ ބަހެއްކަމަށްހެދުމަށް ކުރެވިދާނެ އެންމެހާއި ކަންތައް ތަކާއިމެދު އަހަރުމެން ވިސްނަން ޖެހެއެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top